ބެންގަލޫރު މިސްކިތެއްގަ ވިދިވިދިގެން ސާޅީސް ރޭ ފަތިސް ނަމާދުކޮށްގެން 99 ކުދިން ބައިސްކަލް ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ބެންގަލޫރު މިސްކިތެއްގަ ވިދިވިދިގެން ސާޅީސް ރޭ ފަތިސް ނަމާދުކޮށްގެން 99 ކުދިން ބައިސްކަލް ހޯދައިފި

ބެންގަލޫރު މިސްކިތެއްގަ ވިދިވިދިގެން 40 ރޭ ފަތިސް ނަމާދުކޮށްގެން 99 ކުދިން ބައިސްކަލް ހޯދައިފި އެވެ. 

ބެންގަލޫރުގެ ޙާޖީ ސަރ އިސްމާއީލް ސައިޓް މިސްކިތުގައި ވިދިވިދިގެން 40 ރޭ ޖަމާއަތުގައި ފަތިސް ނަމާދުކުރާ ކޮންމެ ކުއްޖަކަށް ބައިސްކަލެއް ހަދިޔާކުރާ ގޮތަށް ކުރިއަށް ގެންދިއަ މި ޕްރޮގްރާމްގައި 13 ކުއްޖަކު ވަނީ 35 ނަމާދުކުރުމަށްފަހު ތަފާތު ސަބަބުތައް މެދުވެރިވެރިވެ 40 ނަމާދު ހަމަނުކުރެވިފައެވެ. 

އިނގިރޭސި ވިލާތުގައިވެސް ވަނީ ދާދިފަހުން މިފަދަ ޕްރޮގްރާމަތަކެއް ހިންގައި ގިނަ އަދަދަެއްގެ ކުދިންނަށް ބައިސްކަލް ދީފައެވެ. 

މިސްކިތްތަކުން އިސްނަގައިގެން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ޖަމާއަތުގައި ނަމާދުކުރުމަށް، ޚާއްޞަކޮށް ފަތިސް ނަމާދަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުވުމަށެވެ. އެހެންކަމުން އެޤައުމެއްގެ ކުދިންގެ ސަމާލުކަން ލިބޭނެ ފަދަ ގޮތްގޮތަށް ރާވައިގެން މިސްކިތްތަކުން ހިންގާ މިފަދަ ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ ރައްޔިތުންނެވެ.

 

 

 

މިއަދު އޮންލައިން