ބަންގަލަދޭޝްއިން އައި މީހެއްގެ އަތުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމިން ދެހާސް ތިންސަތޭކަ ތިރީސްނުވަ ގުޅަ އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ބަންގަލަދޭޝްއިން އައި މީހެއްގެ އަތުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމިން ދެހާސް ތިންސަތޭކަ ތިރީސްނުވަ ގުޅަ އަތުލައިގެންފި

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްތަމްސް އިން ބުނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި ޢުމުރުން 28 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން (Amphetamine) އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީނާގެ ލަގެޖްގެ ތެރެއިން ޖުމްލަ 2339 އެމްފެޓަމިން ގުޅަ ފެނިފައިވެއެވެ. މިތަކެތީގެ މަގުމަތީ އަގު 2,33,900.00 (ދެ ލައްކަ ތެއްތިރީސްހާސް ނުވަސަތޭކަ) ރުފިޔާއަށް އަރައެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.

މިއަދު އޮންލައިން