ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ބަޑިން ބިރު ދެއްކުމަށްފަހު ފަލަސްޠީނުގެ ކުއްޖަކު ޖަހައިގަނެގެން ގެންދަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ބަޑިން ބިރު ދެއްކުމަށްފަހު ފަލަސްޠީނުގެ ކުއްޖަކު ޖަހައިގަނެގެން ގެންދަނީ!

ޚަބަރުގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ބަޑިން ބިރު ދެއްކުމަށްފަހު ފަލަސްޠީނުގެ ކުއްޖަކު ޖަހައިގަނެ، ސިފައިންގެ ދެ މީހުން ކުއްޖާގެ 2 އަތުގައި ހިފައި ދަމާ ގެންދާ މަންޒަރެވެ.

މިއީ އަލްޚަލީލް ސަރަހައްދުގައި އިއްޔެ ހިންގި އެއް ޖަރީމާއެވެ. ފަލަސްޠީނުގެ ކުޑަކުދިންނަށް ކޮންމެ ދުވަހަކުވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ގެންދަނީ މިފަދަ އަނިޔާތައް ކުރަމުންނެވެ. ކޮންމެ ދުވަހަކުވެސް އެތައް ކުދިންނެއް ހަމަ މިފަދައިން ޖަހައިގަނެގެން ގެންދެއެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ފަލަސްޠީނުގެ ކުޑަކުދިންނަށް ކުރާ މިފަދަ ބޮޑެތި އަނިޔާތައް ހުއްޓުވަން އދ އިން އެއްވެސް ކަމެއް ނުކުރެއެވެ.

ނަމަވެސް އަޅުގަނޑުމެންނަށް އެހީތެރިވެވިދާނެއެވެ. ދުޢާ ކުރެވިދާނެއެވެ. މިއަދަކީ ހުކުރު ދުވަހެވެ. ކޮންމެ ބޭފުޅަކުވެސް އެކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް ހެޔޮ ދުޢާ ކޮށްދެއްވުން ގިނަކޮށްދެއްވާށެވެ!

މިއަދު އޮންލައިން