ބިރުދައްކައިގެން 2 ބެއިން ރޭޕްކުރަމުން ދިއަ މީހަކު ދެބެއިންވެގެން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ބިރުދައްކައިގެން 2 ބެއިން ރޭޕްކުރަމުން ދިއަ މީހަކު ދެބެއިންވެގެން މަރާލައިފި

ބިރު ދައްކައިގެން ދެބެއިން ރޭޕް ކުރަމުން ދިއަ މީހަކު ދެބެއިން ވެގެން މަރާލައިފިއެވެ.

އިންޑިއާގެ ރާޖަސްތާނުގެ އަވަށެއްގައި މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ރާހުލް ކިޔާ ޒުވާނަކު މަރައިލީ ތަކުރާރުކޮށް ދެބެއިންނަށް ބިރުދައްކައިގެން ރޭޕްކުރަމުން ގެންދާތީއެވެ. ފުލުހުން ބުނީ އޭނާ ފުރަތަމަ ރޭޕްކުރީ ހަގު ކުއްޖާ ކަމަށެވެ. އަދި މަންޒަރު ވީޑިއޯކުރުމަށްފަހު ދެބެއިންނަށްވެސް ބިރު ދައްކައި އެކިފަހަރުމަތިން ރޭޕްކުރުމުގެ އަމަލު ހިންގާފައިވާކަމަށެވެ.

"4 ވަނަ ދުވަހުގެ ރޭ އޭނާ ބުނެގެން ދެބެން ދިއައީ ކޯރެއްގެ އައްސޭރިއަށް. އެތަނުގައި ތިބެގެން ރާހުލް ބަނގުރާ ބޮމުންގޮސް ގައިގެ ބާރު ނެތޭ ހިސާބަށް ދިއުމުން ދެބެއިންނާއި ދެބެއިންގެ އިތުރު ރައްޓެއްސެއްގެ އެހީގައި ރާހުލް ކޯރަށް ވައްޓާލައި މަރާލީ." ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރާހުލް މަރާލި މައްސަލައަިގައި ފުލުހުން މިހާރު ވަނީ ދެބެއިން ބަންދުކޮށްފައެވެ.

މިއަދު އޮންލައިން