އިންޑިއާގަ ފިޔާގެ އަގު ބޮޑުވުމުން އެއް ލައްކަ ޓަނު ފިޔާ އެތެރެކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އިންޑިއާގަ ފިޔާގެ އަގު ބޮޑުވުމުން އެއް ލައްކަ ޓަނު ފިޔާ އެތެރެކުރަނީ!

އިންޑިއާގައި ފިޔާ ލިބުން ދަތިވެ އަގު ބޮޑުވުމުން އެއް ލައްކަ ޓަނު ފިޔާ އެތެރެކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން އެގޮތަށް ނިންމީ މިދިއަ ހަފްތާގައި އިންޑިއާގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 100 ރުޕީސްއަށް އެރުމުންނެވެ. އެއީ ގާތްގަނޑަކަށް ދިވެހި 23 ވަރަކަށް ރުފިޔާއެވެ.

 

ޚަބަރުތައް ބުނާގޮތުން ސަރުކާރުން މިފަދަ ނިންމުމެއް ނިންމީ ފިޔާގެ އަގު އަދިވެސް ބޮޑުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. "ސަރުކާރުން ނިންމާފައިވަނީ ދުބާއީ އާއި އެނޫންވެސް ޤައުމުތަކުން ފިޔާ ގެންނަން. އެކަމަށް ޓެންޑަރ މިހާރު ވެސް ވަނީ ހުޅުވާލާފަ." ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އިންޑިއާއިން ފިޔާ ލިބުން ދަތުވެ އަގު ބޮޑުވަމުންދާނަމަ ރާއްޖޭގެ ބާޒާރުގައިވެސް ފިޔާގެ އަގު އުފުލިގެންދާނެއެވެ. މިއަދު ބައެއް ފިހާރަތަކުން ވިއްކީ ފިޔާ ކިލޯއެއް 15 ރުފިޔާއަށެވެ. ނަމަވެސް ދެން އެތެރެކުޜާ ފިޔާގެ އަގު ބޮޑުވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

 

މިއަދު އޮންލައިން