އުމުރުން 17 އަހަރުގެ ދިވެހި އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނެއް ނަގައިފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ބުނީ އެކުއްޖާގެ އޮޕަރޭޝަންކޮސް، ކާމިޔާބު ކަމާއެކު އެކުއްޖާގެ ފުއްޕާމެއިން ޕިން ނަގާފައިވަނީ ދރ. މުޙައްމަދު އަލީ އާއި ޑރ. މުޙައްމަދު އިސްމާއިލް ކަމަށެވެ.
މިއޮޕަރޭޝަން ކާމިޔާބު ކުރެވިފައިވީ ނަމަވެސް، ބުރުގާގައި ޖަހާ ޕިންފަދަ ތޫނު އެއްޗެހި އަނގަޔަށް ނުލުމަށް އައިޖީއެމްއެޗް ގެ ޑޮކްޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ބުރުގާގަޖަހާ ދަތިފަދަތޫނު އެއްޗިހި އަނގަތެރެއަށް ނުލުމަށްް އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުން ވިދާޅުވެެއްޖެ.17އަހަރުގެއަންހެންކުއްޖެއްގެ ފުއްޕާމޭތެރެއިން ކާމިޔާބުކަމައިއެކު މިދަތި ނެންގެވީ ޑރ.މުހައްމަދު އަލީ އާއި ޑރ.މުހައްމަދު އިސްމާއިލް.ހޭނެއްތެވީ ޑރ.ބަރަކާތް.@MoHmv @HPA_MV pic.twitter.com/PZdZVlXKFh
— IGMH (@igmhmv) November 10, 2019