އުކުޅަހަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 49ސ
އުކުޅަހަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އއ. އުކުޅަހު މަސްތުވާތަކެއްޗާއެކު އުކުޅަހުން މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.

މިއޮޕަރޭޝަންގައި، އެ ލޯންޗު އުކުޅަހު ބަނދަރާ ގާތްކުރުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު، އޭނާގެ  ދަބަހުން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅަކާއި ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެެވެ.

 

މިއަދު އޮންލައިން