ވެލިދޫގެ އުމުރުން ދުވަސްވީ މީހުންނަށް ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 55ސ
ވެލިދޫގެ އުމުރުން ދުވަސްވީ މީހުންނަށް ކަސްރަތު ޕްރޮގްރާމެއް ފަށައިފި

. ވެލިދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމު ކޮށްގެން، ވެލިދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

ވެލިދޫ ހެލްތު ސެންޓަރާއި އެމް.އެޗް ފައުންޑޭޝަން އަދި އެރަށު ޔޫތު ސެންޓަރާ ގުޅިގެން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ވެލިދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކަސްރަތު ކުރުމުގެ މުހިއްމުކަމާއި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި މޫދުގައާއި އެއްގަމުގައި ވެސް ކުރެވިދާނެ ކަސްރަތުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހެލިފެލިވެ އުޅުމުގެ މުހިއްމު ކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިި ޕްރޮގްރާމްގައި 70 މީހުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން