ރޭގެ އެކްސިޑެންޓްގަ ނިޔާވި ފާޠިމަތު އަންޖުމް ޝަފީޤްގެ ކަށުނަމާދުގަ ބައިވެރިވެދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ރޭގެ އެކްސިޑެންޓްގަ ނިޔާވި ފާޠިމަތު އަންޖުމް ޝަފީޤްގެ ކަށުނަމާދުގަ ބައިވެރިވެދެއްވާ!

ރޭގެ އެކްސިޑެންޓުގައި ނިޔާވި އުމުރުން 13 އަހަރުގެ ފާޠިމަތު އަންޖުމް ޝަފީޤްގެ ކަށުނަމާދުގައި ވީހައި ގިނަ ބައަކު ބައިވެރިވެދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ޢާއިލާގެ ބޭފުޅަކު ވިދާޅުވެއްޖެއެވެ.

ފާޠިމަތު އަންޖުމް ޝަފީޤްގެ މައްޗަށް ކަށުނަމާދުކުރަން ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައެވެ.

އެކްސިޑެންޓްވުމުން ވެސް ބަސް މަޑުނުކޮށް ދުއްވި ޑްރައިވަރު ހުއްޓިވިފައިވަނީ ހައިވޭއަށް ލަނބައިލި ހިސާބުންނެވެ. އެކްސިޑެންޓްވުމުން މަޑުނުކޮށް ފިލަން މަސައްކަތްކޮށްފައިވާއިރު އޭނާ ހުރީ މަސްތުގެ ޙާލަތުގައި ނޫން ކަމަށް ފުލުހުން ބުނެއެވެ.

ސައިކަލް ދުއްވަން އިން އޭނާގެ މަންމަ ވަނީ މާބޮޑު އަނިޔާއަކާއި ނުލައި މާތްﷲ ވާގިފުޅުން ސަލާމަތްވެފައެވެ.

 

މިއަދު އޮންލައިން