ބައިތުލްމާލުން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިފައި ނުވާނެ ‍- އެއަށްވުރެ އަޅުގަނޑު ތަނަވަސް: ރައީސް ޔާމީން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބައިތުލްމާލުން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިފައި ނުވާނެ ‍- އެއަށްވުރެ އަޅުގަނޑު ތަނަވަސް: ރައީސް ޔާމީން

ބައިތުލްމާލުން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިފައި ނުވާނެކަމަށާއި އެއަށްވުރެ އެމަނިކުފާނު ތަނަވަސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް އާއި އަލަށް މެންބަރުން ގުޅިވަޑައިގަތުމަށް މިރޭ ބެއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވި  މަނީލޯންޑަރިންގެ ދައުވާއާއި ގުޅިގެން ހުކުމެއް ކުރާނެ ޖާގައެއް ނޯންނާނެ ކަމަށާއި ބާރު އޮތީތީ ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ދައުވާތަކެއް ކުރެވިދާނެކަމަށެވެ. އެމަނިކުފާނު ރައްޔިތުންގެ ބައިތުލްމާލުން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެކަމަށެވެ. އަދި އެފަދަ ކަމެއް ކުރަން އަމިއްލަ ނަފްސަށްވެސް ލަދުވެތިވާނެ ކަމަށާއި އެއަށްވުރެ އެމަނިކުފާނު ތަނަވަސް ކަމަށެވެ.

ރައީސް ޔާމީން ގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން ހުކުމެއްކޮށްފާނެތީ އެމަނިކުފާނުގެ ސަޕޯޓަރުން ވަރަށް ކަންބޮޑުވާ ކަމަށާއި އެ މެންބަރުންނަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ ހުކުމެއްކޮށްފާނެ ކަމަށް ކަންބޮޑުނުވުމަށް އެދިވަޑައިގެންފައެވެ. 

ރައީސް ޔާމީން މިރޭ ވަނީ ސަރުކާރުން އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. 

 

 

 

މިއަދު އޮންލައިން