ހޯރަފުށީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ހޯރަފުށީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވައިފި

އ.ހޯރަފުށީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވައިފިއެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައްދެއްވީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު އިމާރާތުގައި ޤައުމީ ދިދައާއި ފުލުހުންގެ މުއައްސަސާގެ ދިދަ ދެބޭފުޅުން ނަންގަވައިދެއްވިއެވެ. އަދި އިމާރާތް ބައްލަވާލެއްވިއެވެ.

ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވަން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވަނީ ވާހަކަފުޅުދައްކައިފައެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

 

މިއަދު އޮންލައިން