އިންޑިއާއިން ހިލޭ އެހީގެ ދަށުން ކޮޅުފުށީގައި މަގު ބައްތި ޖަހަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
އިންޑިއާއިން ހިލޭ އެހީގެ ދަށުން ކޮޅުފުށީގައި މަގު ބައްތި ޖަހަނީ

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ ހިލޭ އެހީގެ ތެރެއިން މުލަކު އަތޮޅު ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް 1,500,000.00 ދިވެހި ރުފިޔާގެ އިންޑިއާ ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގެ މީހުން ދިރިއުޅޭ ސަރަހައްދުގައި 115 މަގު ބައްތި ޖެހާނެއެވެ.

މި ޕްރޮޖެކްޓަކީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވަން ނިންމެވި ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

ރައްޔިތުންނަށް ހާއްސަކޮށް އަންހެނުންނާށާއި އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި މާހައުލެއް ފަހިކޮށްދިނުމަށްޓަކައި މަގު ބައްތި ހަރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެކެވެ. 

މިއަދު އޮންލައިން