އައިޖީއެމްއެޗް ގައި ވިހޭ ތިން ކުއްޖަކު މަރުވެ ކަންބޮޑުވުންތައް އިތުރުވެއްޖެ!

ކިޔުމަށް ހޭދަވާނީ 57ސ
އައިޖީއެމްއެޗް ގައި ވިހޭ ތިން ކުއްޖަކު މަރުވެ ކަންބޮޑުވުންތައް އިތުރުވެއްޖެ!

ސަރުކާރުގެ މައި ހޮސްޕިޓަލު ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ވިހެއި ތިން ކުއްޖަކު ރޭގައި މަރުވުމާއި ގުޅިގެން އެހޮސްޕިޓަލާއިމެދު ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗްގެ ލޭބާ ރޫމްގައި އިއްޔެ ހެނދުނު އެއް ކުއްޖަކު މަރުވެފައިވާއިރު، ރޭގައި ވިހެއި ދެ ކުއްޖަކު ވެސް ވަނީ މަރުވެފައެވެ.

މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމާއެކު ސޯޝަލް މީޑިއާގައި މިކަމާއިމެދު ފެތުރެމުންދިޔަ ޙަބަރުތަކުގައި ބުނެފައިވަނީ، އެތިން ކުދިން އައިޖީއެމްއެޗްގެ ލެބާރޫމްގައި މަރުވެފައިވާއިރު އެތަނުގައި ހުރި މެޝިންތައް ވެސް ހުރީ ހަލާކުވެފައި ކަމަށެވެ. އަދި އެހޮސްޕިޓަލުގެ ފެންވަރު ދަށްކަންކަމީ ދުވަސްކޮޅު ކޮޅުން މީހުން ފާހަގަ ކުރަމުން އަންނަ ކަމެކެވެ.

ނަމަވެސް އައިޖީއެމްއެޗްގެ އޮފިޝަލަކު އެހެން ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެހޮސްޕިޓަލުގެ ލޭބާ ރޫމްގައި ހުރި އެއްވެސް މެޝިނެއް ހަލާކުވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެއް ދުވަހެއްގެ ތެރޭގައި ތިން ކުއްޖަކު މަރުވުމުން، އެކަން އެހޮސްޕިޓަލުން ބަލާނެ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ބުނެފައިވެއެވެ.

މިއަދު އޮންލައިން