މިއަދު ހެނދުނު 10:10 ކަންހާއިރު، ގަޅޮލު ގެއެއްގެ ވައިގޮޅި ތެރެއިން މަރުވެފައި އޮތްވާ ފެނުނު މީހާ ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މުއައްސަސާއިން ކުރި މަސައްކަތުން ވައިގޮޅީގައި އޮއްވާ ފެނުނު މީހާ ދެނެގަނެވިފައިވާކަމަށާއި އޭނާގެ އާއިލާ ގުޅައިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށެވެ.
ކުރިން ފުލުހުން ބުނެފައިވަނީ މަރުވެފައި އޮއްވައި ފެނިފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.