ހޮވައިފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

ކިޔުމަށް ހޭދަވާނީ 31ސ
ހޮވައިފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

މާލެ، ބޮޑުތަކުރުފާނުމަގު އެއް ނަންބަރު ފާލަންކައިރިން ހޮވައިގެން ގެނެސްފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މިފައިސާތައް ފެނިފައިވަނީ 2019 ނޮވެމްބަރ 11 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު އެއް ނަންބަރު ފާލަން ކައިރިއަށް ވެއްޓިފައިވަނިކޮށް އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ.

ވީމާ މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދެއެވެ.

 

މިއަދު އޮންލައިން