ރައީސް ޔާމީންގެ ޝަރީޢަތް: ގާޒީންގެ ބެންޗަކާއެކު ޝަރީޢަތް ފަށައިފި!

ކިޔުމަށް ހޭދަވާނީ 1މ 27ސ
ރައީސް ޔާމީންގެ ޝަރީޢަތް: ގާޒީންގެ ބެންޗަކާއެކު ޝަރީޢަތް ފަށައިފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ މޯންޑަރިން މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު 13:45 ހާއިރު ފެށިގެން ކުރިއަށް އެބަދެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މިދައުވާއަށް ހުކުމް އިއްވުމަށް މިމަހުގެ 5 ވަނަ ދުވަހު ވެސް ހަމަޖެހުނެވެ. ނަމަވެސް އެއިރު މިމައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙުމަދު ހައިލަމްގެ ސުލޫކީ މައްސަލައަކާއި ގުޅިގެން އެމަނިކުފާނު ސަސްޕެންޑު ކުރުމުން، އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

އެހެންކަމުން، ރައީސް ޔާމީންގެ އެދިލެއްވުމުގެ މަތިން، މިހާރު އެދައުވާގެ ޝަރީޢަތް ބައްލަވަމުން ގެންދަވަނީ އެއް ގާޒީގެ ބަދަލުގައި ގާޒީންގެ ބެންޗަކުންނެވެ. އެގޮތުން ގާޒީންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ ކްރިމިނަލް ކޯޓުގެ ކަންތައްތަކާއި މިވަގުތު ހަވާލުވެ ހުންނެވި އިސް ގާޒީ އަލީ ރަޝީދު ޙުސެއިން އާއި ގާޒީ އަޙްމަދު ޝަކީލް އާއި ގާޒީ މުޙައްމަދު ސަމީރާއި، ގާޒީ އަލީ އާދަމް ގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދު އެވެ.

މިމައްސަލައިގެ އަޑުއެހުން މިއަދު މެންދުރުފަހު 1:40 ހާއިރު ފެށުމަށްފަހު ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަލީ ރަޝީދު ވަނީ މިމައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ދައުލަތާއި އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ދެކޭ ގޮތެއް ސާފުކުރައްވާފަ އެވެ. ގާޒީގެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިމައްސަލަ ކޮންމެ ގޮތަކަށް ކުރިއަށް ގެންދެވި ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒު ނުކުރާ ކަމަށެވެ. ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ވަކީލް ވިދާޅުވީ އެ ފަރާތުން ބޭނުން ވަނީ މިމައްސަލައިގެ އަޑުއެހުން އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށެވެ.

މިއަދު އޮންލައިން