ރައީސް ޔާމީންގެ ޝަރީޢަތް: ޝަރީޢަތުން ނިންމީ މައްސަލަ ކުރިން ނިންމި ހިސާބުން ފެށުމަށް!

ކިޔުމަށް ހޭދަވާނީ 42ސ
ރައީސް ޔާމީންގެ ޝަރީޢަތް: ޝަރީޢަތުން ނިންމީ މައްސަލަ ކުރިން ނިންމި ހިސާބުން ފެށުމަށް!

13:50: ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް އަލުން ފަށައިގެން ކުރިއަށް ގެންގޮސް ދެއްވުމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން އެދިލައްވައިފި

 

13:53: ދައުލަތުގެ ވަކީލާ ވިދާޅުވީ މިމައްސަލަ ކޮންމެ ގޮތަކަށް ކުރިއަށް ގެންދެވި ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒު ނުކުރައްވާނެ ކަމަށެވެ.

 

13:55: ގާޒީންގެ މަޖިލީހުން ނިންމީ މިމައްސަލަ ކުރިން ނިންމާފައި އޮތް ހިސާބުން ފެށުމަށެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ އެގޮތަށް ނިންމެވީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވާ ހާލަތުގައި މީގެކުރިންވެސް އަމަލުކޮށްފައިވަނީ އެ އުސޫލުން ކަމަށްވާތީ ކަމަށާއި ރައީސް ޔާމީންގެ މައްސަލައިގައި ހެކިބަސް ނަގާފައިވާތީ އަލުން ހެކިބަސް ނެގުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

މިއަދު އޮންލައިން