އިސްލާމިކް ބޭންކް ޕީ.އެލް.ސީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފި އެވެ. މިކަމަށްޓަކައި ބޭއްވި ޙާއްސަ ޖަލްސާ ބާއްވާފައިވަނީ މިއަދު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
މި ޖަލްސާ ޝަރަފުވެރި ކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެވެ.
ޖަލްސާގެ ޙާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އެމްއެމްއޭގެ ގަވަރުނަރު، އަލީ ހާޝިމް، ޑިރެކްޓަރ އޮފް ފައިނޭންޝިއަލް އިންސްޓިޓިއުޝަންސް ޑެވެލޮޕްމަންޓް އޮފް އައި.ސީ.ޑީ އާމިރު ހުސައިން ޙާން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ގެ ޗެއާމަން އަލާޢު އަލީ، ޑިވްސް އިސްލާމިކް ބޭންކްގެ ޗެއާމަން މރ ނަޖުމުލް ހަސަން އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީ.އީ.އޯ މރ. އަބުލް އިޚްތިޝާމް އަބްދުލް މުހައިމަން އެވެ.
ވަރަށް ފުރިހަމަ ކާމިޔާބީ އާއި އެކު ހިއްސާވިއްކުމަށްފަހު، މިއަދު މިވަނީ މާލްޑިވްސް އިސްލާމިކް ބޭންކް ލިސްޓް ކޮށްފައެވެ. 30 ޖޫން 2019 ވަނަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް އިން ވަނީ244،12،000 ރުފިޔާގެ 6،975،000 ޙިއްސާ ޢާންމުންނަށް ވިއްކަން ހުށައަޅައިފައެވެ. ޙިއްސާ ވިއްކުމަށް ހުޅުވާލި 35 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ހުށައެޅި ހިއްސާގެ އަދަދަށްވުރެން 46.05 އިންސަތަށް ވަނީ އިތުރަށް ވިކިފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައިގަނޑު އެއް މަޤްސަދަކަށްވީ ވީހާވެސް ގިނަ ޢާންމު ރައްޔިތުންނަށް ބޭންކުގެ ޙިއްސާވިއްކުމެވެ. އެގޮތުން 16084 އަމިއްލަ ފަރުދުން އަދި 60 އިންސްޓިޓުޝަނަލް އިންވެސްޓަރުން ބައިވެރިވެފައި ވެއެވެ. މިހަފްލާގައި އެމް އެސް ޑީގެ ފަރާތުން އައިޕީއޯގެ އުސްއަލިތަކާއި ބެހޭގޮތުން ޕްރެޒެންޓޭޝަންއެއް ހުށަހަޅަފައިވެއެވެ.
ހަފްލާގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެނެޖިން ޑިރެކްޓަރ އަބްދުލް މުހައިމިން ވަނީ އައި ޕީ އޯގައި މިހާ ކާމިޔާބުކޮށް ހިންގުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތައް ފާހަގަ ކުރަށްވާފައިއެވެ. މީގެ ތެރޭގައި
1. އައި ސީ ޑީ
2. އެންޑީބީ އައި ބީ
3. ސީއެމްޑީއޭ
4. ރަޖިސްޓްރާ އޮފް ކޮންމެޕެނީޒް
5. މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ
6. ޝާހް ހުސެއިން އެންޑް ކޯ
7. ތިންކް އެސޯސިއޭޓްސް
8. ދިރާގު
9. އުރީދޫ
10. ބީއެމްއެލް
ގެ ނަން ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްލާމިކް ބޭންކުގެ އައި.ޕީ.އޯ އަކީ މިހާތަނަށް ރާއްޖޭގައި ކައިރި މުސްތަޤުބަލުގައި ހިންގާފައިވާ އެންމެ ކާމިޔާބު އައި.ޕީ.އޯ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މިކާމިޔާބީގެ ސިއްރަކީ އެމް. އައި. ބީގެ ބޯޑުގެ އިރުޝާދާއި، އަދި ހިއްވަރާއި އެކު މަސައްކުރަމުން އަންނަ ބޭންކުގެ މުއައްޒަފުންނެވެ.
މިހަފްލާގައި ވާހަކަފުޅު ދެއްކެވި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގެ ޗެއާރމަން އަލާއު އަލީ ވިދާޅުވި ގޮތުގައި، އިސްލާމިކް ބޭންކުގެ އައިޕީއޯ އިން ހާމަވަކަމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް އަށައި ކެޕިޓަލް މާރކެޓް އަށް ދިވެހިންގެ އިތުބާރު އާއި ޔަގީން ކަން އޮތް މިންވަރު ބޮޑުކަމެވެ. އަދި މިފުރުސަތުގައި އައި.ޕީ.އޯގައި ހޯދާފައި ވާ ކާމިޔާބީއަށް މަރުހަބާ ވިދާޅުވިއެވެ.
އައި ސީ ޑީގެ ޑިރެކްޓަރ އޮފް ފައިނޭޝަލް އިންސްޓިޓިއުޝަނަލް ޑިވެލްޕަންޓް އާމިރު ހުސެއިން ޚާން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކާމިޔާބިއަށް މަރުހަބާ ދަންނަވަމުން ވިދާޅުވީ މިހާރުވެސް އަދި މުސްތަޤުބަލްގައިވެސް އައިސީޑީ އޮންނާނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި އެއްކޮށް ކަމުގައިއެވެ.
ހަފްލާގެ ޝަރަފްވެރި މެހެމާން، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އެމް އައިބީއިން ދިވެހިރާއްޖޭގެ އިޤްތިސާދު ގައި ކުޅޭ މުހިންމު ރޯލް ސަރުކާރުން ބަލައިގަންނަ ކަމަށާއި، މުސްތަޤުބަލުގައި ދިވެހި ރާއްޖޭ އިޤްތިސާދު އިތުރަށް ކުރިއެރުމުގައި އިސްލާމިކް ބޭންކުގެ ދައުރު ފުޅާވެގެން ދާނެކަމަށެވެ.
ހަފްލާގެ އެންމެ ޚާއްސަ އައިޓަމްއަކީ ރަނގަބީލު ޖެހުމުގެ އައިޓަމްއެވެ. ރަނގަބީލު ޖެހުމުން ރަމްޒުކުރަނީ ކުންފުނީގެ ހިއްސާ ސްޓޮކްމާރކެޓްގައި ގަނެވިއްކުން ފެށިފައިވާ ކަމެވެ. މިއައިޓަމްގައި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައުންޑަރ 2 ހިއްސާދާރުންކަމުގައިވާ ދިވެހި ސަރުކާރާއި، އައިސީޑީ، އެމްއެސްސީގެ ޗެއަރމަން އަލްފާސިލް އަލާއު އަލީ، އަދި ބޭންކުގެ ބޯރޑުގެ ހުރިހާ މެމްބަރުން ބައިވެރިވިއެވެ.