މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 29ސ
މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 މަސްތުވާތަކެއްޗާއެކު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލާގަ ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު،

އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ހުރި ހަތް ރަބަރު ޕެކެޓު އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންއެވެ.

މިއަދު އޮންލައިން