ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ ދެ މައްސަލައަކާ ގުޅިގެން ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި ދެމައްސަލައާ ގުޅިގެން ހޯދަނީ ސ. ހުޅުދޫ، ރެޑިޔަމްގެ، ޙުސައިން އަފީފް (45އ) އާއި ގދ. ގައްދޫ، ބިއްލޫރިޖެހިގެ، މުހައްމަދު ނާޒިލް (38އ) އެވެ.
މި ދެމީހުންނާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9660126 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.