ހުޅުމާލޭ ގެސްޓް ހައުސްއެއްގައި ޕާޓީކުރަނިކޮށް ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނޭ އަންހެނަކީ ފިލްމީ ތަރި މަލް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އދ މާމިގިލި އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި މިހާރުވެސް އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.
މަލްއަކީ ފިލްމެއްގެ އިތުރުން ޑްރާމާތަކާއި ލަވަތަކުން މަޝްހޫރުކަން ހޯދި އަންހެނެކެވެ.