އިޖުތިމާޢީ ކަންކަން ރަނގަޅުކުރަން ރައްޔިތުންނާ މީޑިއާތަކުގެ އެހީތެރިކަމަށް ހޯމް މިނިސްޓަރު އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އިޖުތިމާޢީ ކަންކަން ރަނގަޅުކުރަން ރައްޔިތުންނާ މީޑިއާތަކުގެ އެހީތެރިކަމަށް ހޯމް މިނިސްޓަރު އެދިވަޑައިގެންފި

ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ ކަންކަން ރަނގަޅުކުރަން ރައްޔިތުންނާ މީޑިއާތަކުގެ އެހީތެރިކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އެދިވަޑައިގެންފި އެވެ. 

ހޯމް މިނިސްޓަރ މިކަމަށް އެދިވަޑައިގަތީ މާލޭ ޖަލަށް އިތުރުކުރި އެނެކްސް ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. 

ޝައިޚް އިމްރާން ވިދާޅުވީ އެންމެންގެ އެހީތެރިކަން ލިބުމުން ކުށްތަކުގައި ބަންދުކުރެވޭ މީހުން ޖަލުން ނުކުންނައިރު އެމީހުންނަކީ މުޖުތަމައުގައި އުޅެން އެކަށީގެންވާ ބައަކަށްވެގެންދާނެ ކަމަށެވެ. 

ޖަލުން މިނިވަންވާ ގިނަ ބައަކަށް އެނބުރި ޖަލަށް ދާންޖެހޭތީ ޤައިދީންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގި ނަމަވެސް މިހައިތަނަށް ފެންނަމުން އަންނަ ނަތީޖާ ރަނގަޅު ނޫންކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން