ސްކޫލު ޗުއްޓީއަށް ދާއިރު ސަމާލުވޭ !!!

ކިޔުމަށް ހޭދަވާނީ 1މ 1ސ
ސްކޫލު ޗުއްޓީއަށް ދާއިރު ސަމާލުވޭ !!!

ސްކޫލު ޗުއްޓީއަށް ދާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޙަރަކާތްތަކެއް ރެހެންދި މައިޒާނުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރައިމް ޕްރިއެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން މި ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިހަރަކާތުގައި ސްކޫލު ޗުއްޓީއަށް ދިޔުމުގެ ކުރިން ޗުއްޓީއަށް ދާތަންތަނުގެ މައުލޫމާތު ރަގަޅަށް އޮޅުން ފިލުވުމާއި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އާއްމު ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީކަންކަން ރަނގަޅަށް ހުރިތޯ ބެލުމަށާއި ކުދިން ގޮވައިގެން ދަތުރު ގޮސް އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން އެސަރަޙައްދުގައި ހިމެނޭ ފިހާރަތަކަށް ޒިޔާރަތްކޮށް ވައްކަން ކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ތަން ބަންދުކޮށްފައި ދާއިރު ފައިސާ ނުބެހެއްޓުމާއި ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމަށް އިރުޝާދުދީފައިވެއެވެ .

މިހަރަކާތުގައި ވަނީ ސްކޫލު ޗުއްޓީއަށް ދާއިރު ސަމާލުކަން ދޭންވީ ކަމާއި ކުށްމަދުކުރުމާ ގުޅޭ މަޢުލޫމާތު ހިމެނޭ ލީފްލެޓްތަކާއި ޕޯސްޓަރުތައް ބަހާފަވެއެވެ.

މިއަދު އޮންލައިން