ޚަބަރުގައިވާ ޓްވީޓުގެ ވީޑިއޯ އިން ފެނިވަޑައިގަންނަވާނީ މުސްލިމް އަންހެނަކު އިތުރު 2 އަންހެނަކާއިއެކު ސިޑްނީކެފޭގައި ސައިބޯން އިންދައި އެތަނަށް ވަންނަ ފިރިހެނަކު ދުނިޔެއިން މޮޔަވާ މަންޒަރެވެ. ފަހަރެއްގައި އޭނާ ބުރުގާ އަޅާފައިއިނުމުން ކެތް ނުކުރެވުނީކަމަށްވެދާނެއެވެ.
އިސްލާމް ދީނަށް އެއްޗެތިގޮވަމުން ގޮސް މާބަނޑު އަންހެން މީހާގެ ގައިގާ ތަޅައިގަނެ ވައްޓާލައި މަރާލަން އުޅޭ މަންޒަރު ޓްވީޓުން ބައްލަވައިލައްވާށެވެ.
މިހާލަތަށް ކަންކަން މިދިއައީ އެއް ދުވަހަކުން ނޫނެވެ. މުސްލިމުންގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވައި ދޮގު އިލަޒާމްތައް އަޅުވަމުން ގެންދާތާ އެތައް އަހަރަކުންނެވެ. މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައިވެސް ކުރެވެމުން މިދަނީ ހަމަ އެއް ޒާތެއްގެ ކެންޕޭނެކެވެ.
އިސްލާމް ދީނުގެ ވާހަކަ މެންބަރަކު ފަށާއިރަށް ރިޔާސަތުން އިވެނީ "ސިޔާސީ ބޭނުމަށް ދީނިގެ ވާހަކަ ނުދައްކާ! ދީނުގެ ވާހަކަ ދެއްކީމާ އެތައް ބައަކު ދުނިޔެ ދީކުރަމުން އެދަނީ!" ފަދަ އަޑުތަކެވެ.
ނަމަވެސް ރާއްޖޭގައި އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރާ ވާހަކަ އާއި ދީނީ އިލްމުވެރިންނާއި ދީނީ ޖަމާއަތްތަކުގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައި އިސްލާމް ދީނާއި ގުޅުވައި ދޮގު ތުހުމަތުތައްކޮށް ލާދީނީ އެތައް ވާހަކަތަކެއް ދައްކާއިރު އަދި ކަނޑައެޅިގެން އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ދޮގު ހަދާއިރު ރިޔާސަތުން އެފަދަ ބަހެއް ބުނާ އަޑެއް ނުއިވެއެވެ.
މިކަމުން އެނގިގެން މިދަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މިސްރާބު ހުރިގޮތެވެ. ފެންނަމުން މިދަނީ ރާއްޖެ އަކީ ވެސް ޓްވީޓްގައި ފެންނަ ފަދަ މުސްލިމުން ދެކެ ރުޅިއަންނަ އަދި މުސްލިމުންނަށް ނަފްރަތުކުރާ ބައަކު އުޅޭތަނަކަށް ހެދުމަށް ދުރާލައި ހިންގަމުން ގެންދާ ކެންޕޭނުތަކެވެ.
A heavily pregnant Muslim woman was brutally attacked, repeatedly punched and stomped in the head by a man in a #Sydney cafe.
— DOAM (@doamuslims) November 21, 2019
The Police say the attacker was screaming anti-#Islam slurs at the women who were all wearing head scarves.#Australia #Islamophobia #Parramatta #Hijab pic.twitter.com/PvuwBpFvos