ހެންވޭރުގައި ހުރި ވޯކްޝޮޕެއްގެ ޖަންގުޝަންއެއްގެ މަތިގަނޑަކުން ޖެހި އެތަނުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސްފިއެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ހުރި ވޯކްޝޮޕެއްއެއްގައި ހުރި ޖަންގްޝަންއެއްގައި ގޭސް އުފެދިގެން އޭގެ މަތިގަނޑު ކުއްލިއަކަށް އެރުމާ ގުޅިގެން އެ ވޯކްޝޮޕްގެ ބިއްލޫރިގަނޑުގައި ޖެހި ތަޅައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 10:20 ހާއިރުފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.