މާލޭގެ ގެއެއްހެ ލިފްޓުގޮޅިން ދޮންނަ މެޝިނެއް ތިރިކުރަނިކޮށް، އެގޭގެ ހަތްވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާފަންނުގައި ހުރިގެއެއްގައި މިހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 15:33 ހާއިރު ކަމަށެވެ.
މިހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާދެމުންދާއިރު، މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.