ހަރުކަށި ފިކުރު ފަތުރައި އެ ފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެއްވެސް ހަރަކާތެއްގައި ދުވަހަކުވެސް ބައިވެރިވެވަޑައިގެންފައި ނުވާނެކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
"ފޮޓޯގައިވާ ފަރާތަކީ އަޅުގަނޑުކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ޢާންމުކުރާތީ ހިތާމަކުރަން. ހަރުކަށި ފިކުރު ފަތުރައި އެ ފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެއްވެސް ހަރަކާތެއްގައި އަޅުގަނޑު ބައިވެރިވެފައި ނުވާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަން."
ޝިދާތާ ވިދާޅުވީ ފޮޓޯއަށް ރަނގަޅަށް ބަލައިފިނަމަ ފޮޓޯގައި އެވަނީ އެކަމަނާ ނޫންކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
ފޮޓޯގައިވާ ފަރާތަކީ އަޅުގަނޑުކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ޢާންމުކުރާތީ ހިތާމަކުރަން. ހަރުކަށި ފިކުރު ފަތުރައި އެ ފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެއްވެސް ހަރަކާތެއްގައި އަޅުގަނޑު ބައިވެރިވެފައި ނުވާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަން. pic.twitter.com/sH9dZQMZYK
— Shidhatha Shareef (@shidhatha) November 23, 2019