ބޮޑު ޗުއްޓީއާ ދިމާކޮށް މުލީގައި ދުއްވާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު މުލީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ މުލީގައި މަސައްކަތްކުރާ ފުލުހުންނާއި މ. އަތޮޅުގައި މަސައްކަތްކުރާ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ކަށަވަރުވެފައި ވޭތޯ ބަލާފައިވެއެވެ. އަދި ދަތުރަށް އަރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް ބަލައި، ރައްކާތެރިކަމަށްޓަކައި އިތުރަށް ފުރިހަމަކުރަން ޖެހެނީ ކޮންކަންތައްތަކެއްތޯ ބަލައި ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ޕްރޮގްރާމުގައި މުލީގައި ދުއްވާ ކަނޑު ދަތުރުފަތުރުކުރާ ގިނަ އުޅަނދުތައް ބަލައިފާސްކޮށްފައިވެއެވެ.