މިނިވަން ފިކުރުގެ މީހަކު މަސްތުވެގެން ވެއްޓި އަނގައިން ފޮނުއަރުވަމުން ދަނިކޮށް ފުލުހުން ގެންގޮސްފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުން އެމީހާ ވެއްޓިފައި އޮތީ ގަލޮޅު ބޯޅަދަނޑު ތިރީގައި ރެޑްވޭވް ފިހާރަތެރެއަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ މިރޭ 9.00 ހައިއިރުއެވެ.
މިނިވަން ފިކުރުގެ މީހުންގެ މިފަދަ މައްސަލަތައް ކުރިމަތިވަމުން އަންނައިރު މިނިވަން ފިކުރުގެ 12 މީހަކު ވަނީ ބަނގުރާ ބޮއިގެން ޕާޓީ ކުރަމުން ގެންދަނިކޮށް ދާދިފަހުން ހައްޔަރުކޮށްފައެވެ. އެއިގެ ތެރެއިން 4 މީހަކު މިހާރު މިނިވަންވެފައިވާއިރު އެއިގެ ތެރޭގައި އެކަމުގައި ހިމެނޭ ހަމައެކަނި އަންހެން މީހާ، ފިލްމީ ތަރި މަލް ވެސް ހިމެނޭ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.
މާމިގިލިއަށް ގިނަ އަދަދެއްގެ ޑްރަގް އެތެރެކުރަން އުޅުނު ކަމުގެ ދައުވާ އުފުލިފައިވާ މަލް އަށް މިނިވަންކަންމަތީގައި ހުރެވުމުން މިނިވަން ފިކުރުގެ މީހުންނަށް ޤާނޫނުން ލިބިދީފައިވާ ހިމާޔަތްތައް ފެނިގެންދެއެވެ.
ފުލުހުން މިފަދަ މީހުން ހައްޔަރުކުރި ނަމަވެސް ބަނަދުގައި ބެއިތިއްބެނީ ޤާނޫނުން ލިބިދޭ ބާރުގެދަށުން ކޯޓުތަކުން ނިންމާ ނިންމުމާއި އެއްގޮތަށެވެ.