ދޫނިދޫގައި ހުރި ބައެއް ޖަލުތައް ތަޅާލުމުގެ މަސައްކަތް ހޯމް މިނިސްޓަރު ފައްޓަވައިދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދޫނިދޫގައި ހުރި ބައެއް ޖަލުތައް ތަޅާލުމުގެ މަސައްކަތް ހޯމް މިނިސްޓަރު ފައްޓަވައިދެއްވައިފި

ދޫނިދޫގައި ހުރި ބައެއް ޖަލުތައް ތަޅާލުމުގެ މަސައްކަތް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ފައްޓަވައިދެއްވައިފި އެވެ. 

ޝައިޚް އިމްރާން މިއަދު ވިދާޅުވެފައިވަނީ ޖަލުތަކުގެ ޙާލަތު ބަދަލުކުރުމަށްޓަކައި އެތަންތަން މަރާމާތުކުރަން ޖެހޭ ކަމަށާއި އަދި ބޮޑެތި ބަދަލުތައްވެސް ގެންނަ ޖެހޭ ކަމަށެވެ. އެގޮތުގް ދޫނިދޫ ކަސްޓީއަލްގައި ހުރި ބައެއް ގޮޅިތައް ބޭނުން ނުކުރަން ނިންމައި އެތަންތަން ތަޅައިލުމުގެ މަސައްކަތް ފެށުނުކަން އެއީ އުފާވެރި ކަމެއް ކަމަށެވެ. 

ދޫނީ ކަސްޓޯޑިއަލްގައި ހުންނަ ބައެއް ގޮޅިތަކަކީ އިންސާނުން ބަންދުގައި ބައިތިއްބަން ހެޔޮވާވަރުގެ ތަންތަން ނޫންކަން ގައިދީންނާއި ޤައިދީންގެ ޤާނޫނީ ވަކީލުން ފާހގަގަކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެކަން ފާހަގަކުރެވެއެވެ. ބައެއް ގައިދީން ވަނީ އެގޮޅިތަކަކީ ގުއަންޓަނަމޯބޭ ޖަލުގެ ގޮޅިތަކުގެ ގޮތުގައިވެސް ސިފަކޮށްފައެވެ.

މިއަދު އޮންލައިން