ހައްޔަރުކުރަން ޖެހޭ 1200 ވަރަކަށް މީހުން ވީއްލިފައި އެބަ ތިބި ކަމަށް ފުލުހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ މުޙައްމަދު ޙަމީދު ވިދާޅުވީ ބުނީ މީގެ ތެރޭގައި ވައްކަމާއި އެހެނިހެން ކުށްތައް ކުރާ 300 ވަރަކަށް މީހުންނާއި ފަރުވާ ދޭން ޖެހޭ 900 ވަރަކަށް ހިރޮއިން އެޑިކްޓުން ހިމެނޭ ކަމަށެވެ.
ސީޕީ ޙަމީދު ވިދާޅުވީ ކުށްކުރުމުން ފުލުހުން ބަދުނާމުކުރާ ކަމަށާއި ނަމަވެސް ކުށްކުރުން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެކަންކަން ޙައްލުކުރަން ފުލުހުން ގެންދަނީ މުއައްސަސާތަކާއިއެކު ވަޜަށް ގިނަ މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް އަދިވެސް ލިބިފައި ނުވާ ކަމަށެވެ.