ފުލުހުންނާއި ބިލެއްފަހި ސިއްޙީ މަރުކަޒު ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
ފުލުހުންނާއި ބިލެއްފަހި ސިއްޙީ މަރުކަޒު ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ބިލެއްފަހީގައި ދިރިއުޅޭ ރައްޔިތުންނަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ށ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ބިލެއްފަހި ސިއްޙީ މަރުކަޒު ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިވެއެވެ.

ނޮވެމްބަރު 23 ވަނަ ދުވަހު ބިލެއްފަހި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ފާއިޒްއެވެ.

މިރަސްމިއްޔާތުގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް ދެއްކެވި ވާހަކަފުޅުގައި ކަސްރަތުކުރުމުގެ މުހިންމުކަމާއި، އޭގައި ހިމެނޭ ސިއްހީ ބޮޑެތި ފައިދާތަކުގެ މައްޗަށް އަލިއަޅުއްވައި ވާހަކަދައްކަވާފައިވެއެވެ. އަދި މުޖްތަމައުގައި ރަނގަޅު އާދަތަކާއި، އަމާން ވެއްޓެއް ގާއިމްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ނޮވެމްބަރު މަހުގެ 11 ން 22 އަށް ކުރިއަށް ގެންދިޔަ މި ކަސްރަތު ޕްރޮގްރާމުގައި ޖުމްލަ 48 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން