ތޭރަ އަހަރުގެ ކުއްޖާގެ މައްސަލަ ބަލަން ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް!

ކިޔުމަށް ހޭދަވާނީ 1މ 3ސ
ތޭރަ އަހަރުގެ ކުއްޖާގެ މައްސަލަ ބަލަން ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް!

އުމުރުން 13 އަހަރުގެ އަންހެން ކުއްޖާގެ މައްސަލާގައި ދައުލަތުގެ މުވައްސާތަކުން އިހްމާލުވެފައިވޭތޯ ބެލުމަށް ޚާއްސަ ޓާސްފޯހެއް އެކުލަވާލާ އެ މަސައްކަތް ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މުހައްމަދު ހަމީދުވަނީ ފުލުހުން މިހާރު ކުރިޔަށް ގެންދާ ބައެއް ތަހުޤީގުތަކާއި ގުޅޭ މައުލޫމާތުތައް ރައްޔިތުން މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ހިއްސާކުރައްވާފައެވެ.

އެގޮތުން 241  ކޮމިޓީގައި ވާހަކަ ދައްކަވަމުން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފާއިތުވެދިޔަ 2 ހަފްތާއެއްގެ ތެރޭގައި ހިނގައިދިޔަ ކަންކަމަށް އެކަނިބަލައި ލިޔަސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތައް މިކަންކަމުގައި ފިޔަވަޅު އަޅާފައިވާނެކަމަށެވެ.

ކޮމިޝަނަރ ހަމީދު ވިދާޅުވީ އުމުރުން 13 އަހަރުގެ ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށް އެ ކުއްޖާ ބަލިވި އިން މައްސަލަ ތަހުޤީގު އެ އިދާރާއިން އެކަށީގެންވާ ބާރުމިނުގައި ކުރިޔަށް ގެންދާކަމަށެވެ. މި ގޮތުން އެ ކުއްޖާގެ މައްސަލަ 2018 ވަނަ އަހަރު ޖޫން މަހުގެ 6 ދުވަހު އެ މައްސަލަ ހުށައެޅުނު ހިސާބުން ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބަލަމުން އަންކަމަށެވެ. އަދި އެ މައްސަލާގައި އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވޭތޯއާއި އެކަންކަމުގައި ދެން އަޅަން ހުރި ފިޔަވަޅުތަކަކީވެސް ކޮބައިތޯ ބަލަމުން އަންނަކަމަށެވެ.

މިއަދު އޮންލައިން