ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީޢަތް: ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކޫށް ސާބިތުވެއްޖެ!

ކިޔުމަށް ހޭދަވާނީ 54ސ
ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީޢަތް: ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކޫށް ސާބިތުވެއްޖެ!

14:25: ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް އެމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ކަނޑައަޅައިފިއެވެ.

 

14:29: ދައުލަތުގެ ވަކީލުން އެދިލެއްވީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގެ އަދަބަކަށް، ޤާނޫނުގައި އޮތް އެންމެ ކުޑަ އަދަބެއް ދެއްވުމަށް، އެއީ ފަސް އަހަރުގެ ޖަލު ހުކުމެއް

           

14:37: ކޯޓުން ބޭރުގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން ހިފައިގެން ތިބި ބައެއް ބޯޑުތަކުގައި ލިޔެފައިވަނީ "ޖުޑިޝަރީ ވަނީ ހައިޖެކް ކޮށްފައި" ކަމަށް

14:38: އަދަބާބެހޭ ގޮތުން ދިފާއުން ބުނީ، އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބިފައިވާ ފައިސާކަމަށް ކަނޑައަޅައި ދެއްވައި، އިތުރު ޖޫރިމަނާއެއް ކަނޑަނޭޅުން. ކުރިއަށް އޮތީ ހަފްތާ ބަންދު ކަމަށްވާތީ މިއަދު އަދަބު ކަނޑައަޅައިފިނަމަ އިސްތިއުނާފުކުރުން ފަދަ ގިނަ ހައްގުތަކެއް ގެއްލިދާކަމަށް.

14:40: ރައީސް ޔާމީނަށް ހުކުމް އިއްވުމާއިމެދު ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށް ޝަރީއަތް މެދުކަނޑާލައިފި

 

މިއަދު އޮންލައިން