ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީޢަތް: ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި!

ކިޔުމަށް ހޭދަވާނީ 58ސ
ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީޢަތް: ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވައިފިއެވެ.

މީގެކުޑައިރުކޮޅެއް ކުރިން ކްރިމިނަލް ކޯޓުން އިއްވި މިހުކުމުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ކޫށް ސާބިތުވާ ކަމަށާއި އެހެންކަމުން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު، މިއަދުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތެއް ތެރޭގައި ފަސް މިލިއަން ޔޫއެސް ޑޮލަރު މޯލްޑިވްސް އިންލޭންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.

ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ހިޔާނާތުގެ ކުށެއް ސާބިތުވެފައިވަނީ 1986 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް ނާސިރަށެވެ. އެމަނިކުފާނަށް 25 އަހަރަށް އަރުވާލުމަށް ހުކުމް ކުރި ނަމަވެސް، ހުކުމް ކުރިތާ ހަތަރު އަހަރު ފަހުން ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ރައީސް ނާސިރަށް ވަނީ މާފު ދެއްވާފައެވެ.

އެއަށްފަހު، ރާއްޖޭގައި ވެރިކަންކުރެއްވި ބޭފުޅަކަށް ޚިޔާނާތުގެ ކުށެއް ސާބިތުވީ މިއީ ފުރަތަމަ ފަހަރެވެ.

 

އިތުރު ތަފްސީލު އަންނަނީ..

މިއަދު އޮންލައިން