މިއަދު ހަވީރު ވެހުނު ވާރޭ ފޮދާއިއެކު މާލޭގެ ޚާއްޞަކޮށް މާފަންނުކޮޅުގެ ބޮޑު ސަރަހައްދެއްގައި މިހާރުވަނީ ފެންބޮޑުވެފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ޕަމްޕް ސްޓޭޝަންތަކެއް ހެދިނަމަވެސް އެތަންތަނުގައި ހުރި ޕަމްޕްތައް ހަލާކުވެފައި ހުރުމުން އެއިގެ ޚިދުމަތް ލިބުނު ދުވަސްވަރެއް އެނގޭ މީހަކު ނެތެވެ. ވާރޭ ފޮދެއް ވެހިއްޖެ ނަމަ ސިފައިން ނުކުމެ ޕަމްޕަ ޖަހައިގެން ފެންގަނޑު ނުހިންދާނަމަ މިއަދުނޫހުގެ އިދާރާ ހުންނަ ހަނދުވަރީ ހިނގުމުން ފެން ހިނދުނު އެއްވެސް ދުވަސްވަރެއް ފެނިފައި ނުވާތީއެވެ!

ވެރިކަން ބަދަލުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލަށް ހުރިހާ ބާރުތަކެއް ލިބިއްޖެއެވެ. ހިތުލީހައި ބާރުތަކެއްވެސް ލިބިއްޖެއެވެ. ނަމަވެސް އެއިރެކޭ މިހާރެކޭ އެއްވެސް ތަފާތެއް އަދި ނުފެނެއެވެ. މާލޭ ރައްޔިތުންނަށް ބޮކުގެ ދިރި އުޅުން ނޫން ދިރިރއުޅުމެއް އުޅެވޭ ތަނެއް ވެސް ނުފެނެއެވެ.
ކުރީ ސަރުކާރު ބާރަށް ކިޔުމުން މަގުން ފެން ހިނދޭ ނަމަ މިހާރު ފެން ބޮޑުވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ!