އަދުޜޭ ފަނޑިޔާރުންނަށް އިންޒާރުދިން މައްސަލަ ޑީޖޭއޭ އިން ފުލުހުންނަށް ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އަދުޜޭ ފަނޑިޔާރުންނަށް އިންޒާރުދިން މައްސަލަ ޑީޖޭއޭ އިން ފުލުހުންނަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެ ހުތުރު ބަހުން މުހާތަބުކޮށް އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

ކުރީގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވަންދެން އެ ފަރާތްތަކުން މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އެހެން ފަރާތަކުން އެ ޕާޓީއަށް ވެރިވެގަތުމަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާނެ ކަމަށެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

މިއަދު އޮންލައިން