ރައީސް ޔާމީން ޖަލަށްލުމުގެ އުފަލުގަ ބޭއްވި ބޮނޑިބަތް ކެއުމުގަ ރޮޒައިނާ ބައިވެރިއެއް ނުވި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ރައީސް ޔާމީން ޖަލަށްލުމުގެ އުފަލުގަ ބޭއްވި ބޮނޑިބަތް ކެއުމުގަ ރޮޒައިނާ ބައިވެރިއެއް ނުވި!

ކުރީގެ ރައީސް ޔާމީން 5 އަހަރަށް ޖަލަށްލާން ޙުކުމް ކުރުމުގެ އުފަލުގައި މިރޭ ބައަކު މީހުން ބޭއްވި ބޮނޑިބަތް ކެއުމަކަށް ދައުވަތު ލިބިވަޑައިގެންނެވިކަމަށާއި ނަމަވެސް ބައިވެރިވެ ނުގަންނަވާ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. 

ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީނަށް ކުރީ އިންޞާފުވެރި ޙުކުމެއް ކަމަށާއި ރައީސް ޔާމީނަކީ ވަރަށް ގިނަ ޢާއިލާތަކެއްގެ މީހުންގެ ހިތްތަކަށް ތަދުކުރުވާފައިވާ ރައީސެއް ކަމަށެވެ. 

އެހެންކަމާއިއެކުވެސް ބޮނޑިބަތް ކެއުމުގައި ބައިވެރިވެ ވަޑައިނުގަތީ މީހަކު ކުރި ކުށެއްގެ ސަބަބުން ނަމަވެސް މީހަކަށް ލިބޭ ހިތާމައަކާއި ގުޅިގެން އުފާ ފައުޅުކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

މިއަދު އޮންލައިން