ކުރީގެ ސީޕީ އަޙްމަދު ފަސީޙްގެ މަންމާފުޅު އަލްއަމީރާ އަނީސާ ނޫރައްދީން އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ ސްރީލަންކާގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ. އަވަހާށރަވީ މިއަދު މެންދުރު 12 ޖަހާ އެހައިކަންހާއިރު ބައްތަޜަމުއްލާ ހޮސްޕިޓަލުގައެވެ.
އަނީސާ ނޫރައްދީންއަކީ ރާއްޖޭގައި ރަސްކަން ކުރެއްވި ޙަސަން ނޫރައްދީންގެ ދަރިކަނބަލުންނެވެ.
އަނީސާ ނޫރައްދީންގެ ފުރަތަމަ ފިރިކަލުންނަކީ ރާއްޖޭގައި އެންމެފަހުން ބޮޑުވަޒީރުކަން ކުރެއްވި ހ. އޯކިޑްމާގޭ އަޙްމަދު ޒަކީއެވެ. ޢާމިރު ޒަކީގެ މައިކަނބަލަކީ އަނީސާ ނޫރައްދީންއެވެ. ރާއްޖޭގެ ކުޅިވަރަށް މަޝަހޫރު ސައްޔިދު ޙަސަން އާއި ސައްޔިދު ޢަލީ އަކީ ދެވަނަ ކައިވެނިފުޅަށް ލިބިވަޑައިގެންނެވި 2 ބޭފުޅުންނެވެ.
ކުރިގެ ސީޕީ ފަސީޙް އަކީ އެންމެ ފަހުން ކައިވެނި ކުރެއްވި މަޝްހޫރު މީދޫ އަށް ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
މަރުޙުމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރެއްވެވުން އެދި ދުޢާ ކުރަމުއެވެ. ދަރިކަނބަލުން ފާތިނާ އަށާއި ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ކެތްތެރިކަން ދެއްވެވުން އެދި ދުޢާ ކުރަމުއެވެ.