ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލުކުރަނީ ސަރަހައްދު ބަންދުކޮށްފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލުކުރަނީ ސަރަހައްދު ބަންދުކޮށްފަ!

5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ ޤައިދީ، ކުރިގެ ރައީސް ޔާމީން ޢަބްދުﷲ މިއަދުގެ ވަގުތެއްގައި މާލޭ ޖަލުން މާފުށީ ޖަލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒްންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު 12 ޖަހަނިކޮށް މާލޭ ޖަލު ސަރަހައްދުކުރިމަތިން ތާރުއެޅި ބޮޑުމަގުވެސް ފުލުހުން ވަނީ ބަންދުކޮށްފައެވެ. ސަރަހައްދުގައި ހުންނެވި ފުލުހުންގެ ބޭކަލަކު ވިދާޅުވީ މަގު ބަންދުކުރަން ޖެހޭ ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށެވެ. 

ހުށަހެޅިފައިވާ މައްސަލަ އަކާއި ގުޅިގެން އެޗްއާރުސީއެމްގެ 3 ބޭފުޅަކަށް މާލޭ ޖަލަށް ވަޑައިގެން ބައްދަލު ކުރެއްވުމުގެ ހުއްދަ ދެއްވާފައިވާ ކަމަށްވެސް މުނާޒް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް 5 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އިއްވީ 1 މިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގ މައްސަލައެއް ސާބިތުވުމުންނެވެ. މިއީ މިކުށަށް ދެވޭނެ އެންމެ ކުޑަ އަދަބެވެ. ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި އަދި ވެސް ދައުވާ އުފުލާފައެއް ނުވެއެވެ.

 

މިއަދު އޮންލައިން