ޔާމީންގެ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި!

ކިޔުމަށް ހޭދަވާނީ 57ސ
ޔާމީންގެ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ޔާމީންއަށް ކުރި ޙުކުމް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށާއި އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށްވެސް އެދިފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޔޫއެސް ޑޮލަރު ދައުލަތަށް ދެއްކުމަށް ވެސް ހުކުމް ކޮށްފައެވެ.

މިއަދު އޮންލައިން