އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި "ކައިވެނި" ކޮށްގެން އުޅޭ ކަމަށް ބުނާ އުމުރުން 26 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި، އެކުޑަ ކުއްޖާއާއި "ކައިވެނި" ކޮށްގެން އުޅުނީ ރ. މަޑުއްވަރީ މަސް ބޯޓެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި އިސްމާއިލް ހައްމާދު އެވެ.
އަޕްޑޭޓް: ހައްމާދު ޚަބަރު
ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހަމަނުޖެހުމެއްގައި ހައްމާދުއަށް ތޫނު އެއްޗަކުން ހަމަލާދީ ކަނޑަށް އެއްލާލީ ހަމަ އެދޯނީގައި މަސައްކަތް ކުރާ އިސްމާއިލް އާސިފު ކިޔާ މީހެކެވެ. ފުލުހުން ވަނީ އާސިފު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އައިޖީއެމްއެޗް ގައި ހައްމާދުއަށް ފަރުވާ ދިނުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ އިއްޔެއެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ވެސް އިއްޔެގެ ވަގުތެއްގައެވެ.
ހައްމާދު ހައްޔަރު ކޮށްފައިވަނީ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކާއި ކޯޓުން ބޭރުން ކައިވެނިކޮށް އެކުއްޖާ ބަލިވެ އިނދެ ވިހެއި މައްސަލާގައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ޙައްމާދު ހައްޔަރުކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެކުއްޖާ ވިހޭ ދަރިފުޅުފުގެ ޑީއެންއޭއައި ހައްމާދުގެ ޑީއެންއޭ ދިމާވާ ކަމަށާއި، އިއްޔެ ވަގުތެއްގައި ހައްމާދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްމާދު ހައްޔަރު ކޮށްފައިވަނީ ފެމަލީ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.