ޔޫ.އޭ.އީގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ޔޫ.އޭ.އީގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ޙަފުލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި މި މިޙަފުލާގައި ޔޫއޭއީ އެމްބަސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

މި ޙަފްލާގައި ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ސަޢީދު އަޙްމަދު އަލް ޝަމްސިގެ އިތުރުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. މި ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އަލް އުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 15 މާރިޗު 1978 ގައެވެ.

މިއަދު އޮންލައިން