މީހަކު ރަހީނުކޮށްގެން ގެންގުޅުނު ދެމީހަކު ހައްޔަރުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
މީހަކު ރަހީނުކޮށްގެން ގެންގުޅުނު ދެމީހަކު ހައްޔަރުކޮށްފި!

މީހަކު ރަހީނުކޮށްގެން ގެންގުޅުނު ދެ މީހަކު ހދ. ހަނިމާދޫއިން ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ރަހީނުކޮށްގެން ގެންގުޅު މީހާ ސަލާމަތްކޮށްފައި ވާކަމަށާއި މިމީހަކީ 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދެ މީހުންނަކީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ނަމަވެސް އޭނާ ރަހީނުކޮށްގެން ގެންގުޅުނީ ކޮން ކަމަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނެފައިވަނީ އިތުރު މައުލޫމާތު މިވަގުތަށް ހާމަ ކުރެވެން ނެތް ކަމަށެވެ.

މި ދެ މީހުންގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ. 

 

މިއަދު އޮންލައިން