ދިވެއްސަކު މުރުތައްދުވެ ކާފިރުވުން އާކުކުޅަކަށް އެޅޭ ގާބިހަކަށް ހަދަން އުޅެނީ މުރުތައްދުންނަށް ދިވެހި ތާރީޚްވެސް ނޭނގޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ދިވެއްސަކު މުރުތައްދުވެ ކާފިރުވުން އާކުކުޅަކަށް އެޅޭ ގާބިހަކަށް ހަދަން އުޅެނީ މުރުތައްދުންނަށް ދިވެހި ތާރީޚްވެސް ނޭނގޭތީ!

ބޭރުގެ ކޮންމެ ޖަމިއްޔާއަކުން ނުވަތަ ކޮންމެވެސް މީހަކު ފައިސާކޮޅެއް ދިނުމުން އިސްލާމް ދީނާ ދެކޮޅަށް ބަސް ބުނަމުން ގެންދާ މުރުތައްދުންނަށް ހީވެގެން އުޅެނީ އާ ކުކުޅަކަށް ގައު ބިހެއް އެޅުނީ ކަމަށެވެ. އެހެންކަމުން ވަރަށް ބާރަށް ގޮވަން މަސައްކަތް ކުރެއެވެ.

ހިތާމައަކީ އެމީހުންނަށް ރާއްޖޭގެ ތާރީޚުވެސް ނުއެނގޭ ކަމެވެ. ރާއްޖޭގެ ރަސްކަމުގައި ހުރި މުރުތައްދު ހަސަނު ނުވަތަ ހަސަން ރަސްގެފާނު 9 ވަނަ އިންޑިއާއަށް ގޮސް ކޮޗިންގެ ފައްޅިއެއްގައި ކާފިރުވި ކަމާއި ދިވެހިން އިސްލާމް ދީނުން ބޭރުކުރަން އެއިރު ކުރި މަސައްކަތްތައްވެސް ހަމަ ދިއައީ ޗޮކްހުންކަންވެސް ނުއެނގޭ ކަމެވެ. މުރުތައްދުވުމަށްފަހު ޕޯޗްގީޒުން ފޮނުވައިގެން ގަދަ ބާރު ދައްކައިގެން ދިވެހިން އިސްލާމް ދީނުން ބޭރުކުރަން ކުރި މަސައްކަތްތައް މާތް ﷲ ފޭލްކޮށްލެއްވެވިކަމާއި ބާޠިލްކޮށްލެއްވެވިކަންވެސް ނުއެނގޭކަމެވެ. 

ތާރީޚުން މިކަންކަން ފެންނަން އޮތުމުން މިއަދު މީހަކު މުރުތައްދުވުން އައުކަމަކަށްވާނެ ކަމަށް ހީކޮށް މިކުރެވުނީ މާމޮޅު ކަމެއް ކަމަށް ދައްކަން އުޅުނު ނަމަވެސް އެކަން ވާނީ ވަރަށް ބައު އަދި މޮޔަ ކަމެއްކަން އެމީހުންނަކަށް ނުއެނގެއެވެ. 

މުރުތައްދު ޙަސަނަކީ ހަމަ ދިވެއްސެކެވެ. އޭނާ މުރުތައްދުވެ އިސްލާމް ދީން ދޫކުރުމަކުން ރާއްޖޭގެ ޤައުމީ ހައިބިއްޔަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ރާއްޖެ ދެމިއޮތީ ހަމަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައެވެ. އަދި މިއަދުވެސް ރާއްޖެ ދެމިއޮތީ ހަމަ އެގޮތުގައެވެ. ސަބަބަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށްވެގެންކަމަށް ޤާނޫނު އަސާސީސީގައި ކަޅާއި ހުދުން ލިޔެވިފައި އޮތުމުން އިސްލާމް ދީން ދޫކޮށްފި މީހަކީ ދިވެހި ރައްޔިތަކަށް ނުވާނެތީއެވެ. އެހިސާބުން އޭނާގެ ދިވެހި ޤައުމީ ހައިޞިއްޔަތު ގެއްލިގެންދާތީއެވެ. 

ދިވެހި މަންމައަކަށާއި ބައްޕައަކަށް ލިބޭ ދަރިން ދިވެހިންނަށް ވުމަކީ އެމީހެއްގެ ކިބައިގައި ދިވެހި ރައްޔިތެއްގެ ހައިޞިއްޔަތު ދެމިއޮންނާނެ ސަބަބެއް ނޫނެވެ. ދިވެހިރައްޔިތެއްގެ ހައިޞިއްޔަތު އޮންނާނީ ދިވެހި ރައްޔިތަކަށްވުމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބުނާ ޝަރުޠުތައް ފުރިހަމަވެގެންކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ރައްޔިތެއްގެ ހައިޞިއްޔަތު ދެނީ ޤާނޫނާއި އެއްގޮތަށެވެ.

ދާދިފަހުން ސްރީލަންކާއަށް އައި އެ ޤައުމުގެ ރައްޔިތެއްގެ ހައިޞިއްޔަތު ނެތް ސިންގަޅައަކު ވަނީ ޓޫރިސްޓް ވިސާ ހަމަވުމުން ހައްޔަރުކޮށް ޤައުމުން ބޭރުކޮށްލައިފައެވެ. އޭނާގެ މައިންބަފައިންނާއި ޢާއިލާގެ މީހުން ތިބީވެސް ސްރީލަންކާގައެވެ. މިފަދަ އެތައް ކަމެއް އެކި ޤައުމުތަކުގައި ދަނީ ހިނގަމުންނެވެ. މިފަދަ ކޮންމެ ކަމަކުން ވެސް އެނގެނީ މީހަކު ތިމާއަކީ މިވެނި ޤައުމެއްގެ ރައްޔިތެއް ކަމަށް ބުނުމަކުން ރައްޔިތެއްކަމުގެ ރަސްމީ ހައިޞިއްޔަތު ނުއޮންނަ ކަމެވެ.

މިއަދު އޮންލައިން