ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން ކުޑަކުދިންނަށް ޚާއްބަކޮށްގެން އިއްޔެ ބޭއްވި އިސްލާމީ ހަވީރަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. ހަވީރު ގަޑީގައި އޮތީ މުޅި ސަރަހައްދު އެކުގައިހެން ފުރި ބާރުވެފައެވެ. ރޭގަނޑުވެސް ވަރަށް ގިނަ ބައަކު ކުދިން ގޮވައިގެން ދިއައެވެ.
މިހަވީރަށް އިސްލާމީ ހަވީރެއްގެ ނަން ދެވުނީ ހަވީރުގައި އިސްލާމް ދީނާއި ބީރައްޓެހި ކަންކަކަން ނެތުމާއި އިބިލީހުގެ އަޑުފޮށީގެ އަޑު ވެސް ނުއިވުން ފަދަ ކަންކަން ފާހަގަކުރެވޭތީއެވެ. އެއިގެ ބަދަލުގައި އިސްލާމް ދީނުގެ ވާހަކަތަކާއި ކީރިތި ޤުރްއާނުގެ މަތިވެރިކަމުގެ ވާހަކަތަކުން ގުގުމާލާފައި ވުމުންނެވެ.
އިއްޔެގެ ހަވީރަށް އެހައި ބޮޑު ތަރުޙީބެއް ލިބުމުން އެނގިގެން ދިއައީ އިބިލީހުގެ އަވާގައި ނުޖެހި އިބިލީހުގެ އަޑުފޮށި ބޭނުން ނުކޮށް އިބިލީހަށް ކުރާކައްކައި ނުދީވެސް މިފަދަ ހަރަކާތްތައް ބޭއްވޭނެ ކަމެވެ. އަދި ލިބޭ ތަރުޙީބުވެސް އިންތިހާއަށް ބޮޑުވާނެ ކަމެވެ.
ހަވީރަށް ޒިޔާރަތް ކުރި ގިނަ ބައަކު ބޭނުންވަނީ ކޮންމެ ހަފްތާއަކުވެސް މިފަދަ ހަވީރެއް ބާއްވައި ދިނުމަށެވެ. "އެއިރުން ކުދިން ގޮވައިގެން މިތަނަށް އާދެވޭނެ. ކުދިންނަށް އެތައް ބއިވަރު މައުލޫމާތު އެބަ ލިބޭ. އުފާވެރިކަމާ ހިތްހަމަ ޖެހުން ލިބޭ. އަދި ކުދިންނަށް ހަދިޔާވެސް ލިބޭ."
އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރު ވެގެން ދިއައީ ކުދިންގެ ހިތްތަކުގައިވާ އިސްލާމީ "ގަހަށް" ފެން ލިއްބައިދިން ކަމަކަން ފާހަގަކުރެވުނެވެ.