ޤާސިމް ޙަސަން: އަވަސް ރައިޑަށްވެސް އަވަށްޓެރިންނަށް ވެސް ނަމުނާ އެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޤާސިމް ޙަސަން: އަވަސް ރައިޑަށްވެސް އަވަށްޓެރިންނަށް ވެސް ނަމުނާ އެއް!

"ވީހާވެސް ގިނަ ބައަކު އަޅުގަނޑުމެންގެ އަޙް ހަސަން ގާސިމްގެ ކަށުނަމާދުގައި ބައިވެރިވެ ދެއްވުންއެދެމެވެ. ގާސިމް އަކީ އޯގާތެރި، ހިތްހެޔޮ އަދި މަޑުމައިތިރި ބޭފުޅެކެވެ. އަދި ޓެކްސީ ކުރުމުގައި ހުރި މިސާލެއްފަދަ ނަމޫނާ ބޭފުޅެކެވެ. މި މަރްޙޫމްއަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވާންދޭވެ. އާމީން."

މިއީ ޤސިމް ހަސަން މަސައްކަތްކުރާ އަވަސް ރައިޑުން ޤާސިމް އާއިމެދު ބުނެފައިވާ ބަހެވެ.

އޭނާގެ އަވަށްޓެރިން ބުނަނީ ޤާސިމް އަކީ އަޚްލާޤް ރަނގަޅު، ހިތްހެޔޮ، އެންމެންނާއިވެސް ވަރަށް ގާތްކޮށް ގުޅުން ބާއްވާ ބަސް މަދު، އަޑުވެސް މަޑު، ރިވެތި އަޚްލާޤެއްގެ ވެރިއެއް ކަމަށެވެ. އެއްވެސް އަވަށްޓެރިއަކަށް އޭނާގެ ކިބައިން ދުވަހަކުވެސް އެއްވެސް ހިތްހަމަނުޖެހުމެއް ލިބިފައި ނުވާ ކަމަށެވެ.

އޭނާގެ ބައެއް ރައްޓެހިން ބުނަނީ އޭނާ އަކީ އެއްވެސް ބާވަތެއްގެ ނުބައި އަމަލެއް ކުރާ މީހެއް ނޫން ކަމަށާއި އެފަދަ ކަމެއް ކުރާ މީހަކާއިވެސް އެއްވެސް ގުޅުމެއް ދުވަހަކުވެސް ބޭއްވިކަން އެނގިފައި ނުވާ ކަމަށެވެ.

ފުލުހުން މިހާރު ވަނީ ޤާސިމް ޙަސަންގެ މަރާއި ގުޅިގެން ކުރިއަށް ގެންދާ ތަޙްޤީޤަށް ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިއަދު އޮންލައިން