ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލާގައި ކްރިކެޓް ކޯޗުގެ މައްޗަށް 9 ދަޢުވާއެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލާގައި ކްރިކެޓް ކޯޗުގެ މައްޗަށް 9 ދަޢުވާއެއް!

ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލާގައި ގައުމީ ކްރިކެޓު ޓީމުގެ ކުރީގެ ކޯޗުގެ މައްޗަށް 9 ދަޢުވާއެއް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އުފުލައިފިއެވެ.

މިކަމާގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ ސައުތު އެފްރިކާގެ ރައްޔިތެއްކަމަށްވާ އުމުރުން 46 އަހަރުގެ  މުޙައްމަދު އާސިފް އަމީން ޚާން، އޭނާ ކޯޗު ކޮށްދިން ކުދިންތަކަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލާގައި އޭނާގެ މައްޗަށް 9 ދަޢުވާއެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ގައުމީ ކްރިކެޓު ޓީމުގެ ކުރީގެ ކޯޗު ފުރަތަމަ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ އަދި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ހުއްޓައެވެ.

މިތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ ފުލުހުންގެ އިހުމާލުން އޭނާ ވަނީ ދޫވެފައެވެ. ފުލުހުންގެ އިހުމާލުން އޭނާ ދުވީ އޭނާގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރިއިރު އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވެފައިވާތިއެވެ.

އަލުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

މިއަދު އޮންލައިން