އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރގެ 8ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޕްރޯޝަން ފަށައިފިއެވެ.
ޑިސެމްބަރު މަހުގެ 1 އިން 31 ގެ ނިޔަލަށް ބާއްވާ މި ޕްރޮމޯޝަން، އޭސް ހާޑްވެއަރގެ މާފަންނު އަދި ހެންވެއިރު ފިހާރައިގައިވެސް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގައި %90 އާ ހަމަޔަށް ޑިސްކަންޓް ލިބިވަޑައި ގަންނަވާނެއެވެ. އަދި މީގެ އިތުރަށް 300 ރުފިޔާއިން ފެށިގެން މަތީގެ ޢަދަދަކަށް ވިޔަފާރިކުރައްވާ ފަރާތްތަކުގެތެރެއިން ނަސީބުން ހޮވާލެވޭ ފަރާތަކަށް ކުއަލަ ލަމްޕޫރް، ބާލީ، ބެންގްކޮކް ނޫނީ ދުބާއި އަށް ދިޔުމުގެފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. 3 ދުވަހުގެ ހުރުމާއި ޓިކެޓް 2 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮމޯޝަން ގައި %90 އާއި ހަމައަށް ޑިސްކަންޓް ލިބިވަޑައިގަންނަވާނީ ގޭތެރޭ ބޭނުންކުރާ ސާމާނު، ހާޑްވެއާ ސާމާނު، ސްކޫލް ކުދިން އަށް ބޭނުންވާ ސާމާނު އަދި މިނޫނަސް ގާޑްނިންގް އަދި ބާބަކިޔު ސާމާނު ހެޔޮ އަގެއްގައި ލިބެން ހުންނާނެ އެވެ.
ފިހާރައިގެ އިތުރުން އޭސް ހާޑްވެއަރ އިން ވަނީ 8 ވަނަ އަހަރީ ދުވަހާއި ގުޅިގެން ސޯސަލް މީޑިޔާ ގައި ނަސީބުވެރި ފަރާތަކަށް 8000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ލިބޭ ކޮންޓެސްޓް އެއް ވަނީ ފަށާފައެވެ.
އޭސް ހާޑްވެއަރ ދިވެހިރާއްޖޭގައި އިފްތިތާޙްކޮށްފައިވަނީ މީގެ 7 އަހަރު ކުރިން، 15 ޑިސެމްބަރ 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލްއާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާދެމެދު ވެވުނު އެއްބަސްވުމެއްގެދަށުން ފެށުނު ވިޔަފާރިއެކެވެ. މި އެއްބަސްވުމަށްފަހު އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައިވަނީ 20 ޑިސެމްބަރ 2011 ގައެވެ. އަދި 19 ޑިސެމްބަރ 2013 ގައި ދެވަނަ ފިހާރައެއްވެސްވަނީ ހުޅުވާފައެވެ.