މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޗާންދަނީ މަގު، މަޖީދީ މަގި ޖަނަކްޝަން ސަރަޙައްދުގައި އެކަނި އުޅުނު 2 އަހަރުގެ ކުޑަކުއްޖެއްގެ ބެލެނިވެރިޔާ އެވަގުތު އެތަނުގައި ނެތުމުން ބެލެނިވެރިޔާ ހޯދައި އެސްއޯ ފުލުހުން އެ ކުއްޖާ ބެލެނިވެރިޔާ އާއި ޙަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ސަރަހައްދަކީ ޢާންމު ގޮތެއްގައި ބޮޑެތި މީހުންނަށް ވެސް ނުރައްކައުތެރި ސަރަހައްދަކަށްވާއިރު 2 އަަހރުގެ ކުޑަ ކުއްޖަކަށް ނުރައްކައުތެރިކަން އިތުރުވެގެންދެއެވެ. ވީމާ ކުޑަކުދިން ގޮވައިގެން މަގުތަކަށް ނުކުންނަ ބެލެނިވެރިންގެ ސަމާލުކަން އިތުރުކުރަން ޖެހޭކަން ފާހަގަކުރެވެއެވެ.
ނުރައްކާތެރި އެކްސިޑެންޓެއް ފަދަ ކަމެއް ހިނގުމުން ރުޅިގަދަވެ އަދި ކިތަންމެ ވަރަކަށް ހިތާމަ ކުރި ނަމަވެސް ލިބުނު އަނިޔާގެ ވޭން އަނިޔާ ލިބުނު ކުއްޖާއަށް އުފުލަން ޖެހޭނެކަން ޤަބޫލުކުރަމާތޯއެވެ!